މީޑީއާތަކުން އިސްނަގައިގެން "ސިލޯނާއެކު ދިވެހީން"ގެ ނަމުގައި ކުރިއަށް ގެންދާ ޚާއްސަ ޓެލެތޯނުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހިމެނޭ ގޮތަށް، ޖުމަލަ އެއްލައްކަ ރުފިޔާ މިރޭ ހަދިޔާކޮށްފިއެވެ.
ޕީއެސްއެމްގެ ފަރާތުން މި ފައިސާއާ ހަވާލުވެވަޑައިގަތީ، ޕްރޮޖެކްޓް ލޭންޑް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު އައިޝަތު އާސިފާއެވެ.
އާރްޑީސީގެ ފަރާތުން ވަނީ، އެ ކުންފުނީގެ މުވައްޒަފުން ވެސް ތިބީ، ލަންކާއަށް އެހީވުމަށް ތައްޔާރަށް ކަމަށް ބުނެފައެވެ. އެގޮތުން، މިއަދު ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި، އެ ކުންފުނީގެ ކޮންމެ މުވައްޒަފަކު ވެސް ނިންމީ، އެއް ދުވަހުގެ މުސާރަ ހަދިޔާ ކުރުމަށް ކަމަށް ކުންފުނީގެ ފަރާތުން ބުނެފައިވެއެވެ
މި ޓެލެތޯނުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައިވެ އެވެ. އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމާއިނަގުދު ފައިސާ، ޓްރާންސްފަ އަދި ޗެކް މެދުވެރިކޮށް ވެސް ފައިސާ ދެވޭނެ އެވެ.
ދިވެހި ރުފިޔާއިން ނަމަ ޖަމާކުރާނީ 7730000796107 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އަށެވެ.








