ސްރީލަންކާއަށް އެހީވުމަށް ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް. ސްޓެލްކޯއިން 250،000 ރުފިޔާ ހދިޔާކޮށްފި އެވެ.
ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޓެލެތޯން އެއް ފެށީ މިއަދު ހެނދުނު 9 ޖެހިއިރުގައެވެ. އޭރު މި ޓެލަތޯން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މިރޭ 1 ޖެހުމާހަމައަށެވެ. ނަމަވެސް މިހާރު މިވަނީ މި ޓެލެތޯން ހުއްޓާ ނުލާ މާދަމާ މެންދުރު 2 ޖެހުމާހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.
މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްގެ އިތުރުން ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާންގެ ސަބަބުން 300 އަށްވުރެ ގިނަ މީހުން މަރުވެ އެތައްބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.








