ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ޑރ. ހުސައިން ސަނީ އުމަރު، ރާއްޖެ އައުމާއެކު، ސުވާލުކުރުމަށް ފުލުހުންގެ, ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް މިއަދު ހާޒިރުކޮށްފިއެވެ.
ފުލުހުން ބުނީ، ސަނީ ރާއްޖެއިން ބޭރުގައި ހުރުމަށްފަހު، ރާއްޖެ އައުމާއެކު އެފްސީޕީއަށް ސުވާލުކުރުމަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ފެންމަތިވި އެ މައްސަލައަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" އެންމެ އިސް ހިއްސާދާރު ސަނީ އުމަރު އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެކެވެ.އެ މައްސަލާގައި ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން ސަނީ އުމަރުގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާލާފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.








