ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް، މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާ އައްޔަނުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނަ އެޗްއާރްސީއެމްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައިވެ އެވެ. އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ރަމީލާއާ ހަވާލުކޮށް ދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ރަމީލާ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާގެ ދައުރު ހަމަވުމުންނެވެ.
މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމު އަދާކުރެއްވި ރަމީމާ އެ މަގާމުން އިސްތިއުފާ ސިއްހީ ހާލު ހުރިގޮތުން ޑިސެމްބަރު 1، 2024 ގަ އެވެ.








