ފިޝަރީޒް މިނިސްޓްރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރެއް މިއަދު އައްޔަނު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި މިއަދު ރައީސް ސޯލިހު އައްޔަނު ކުރެއްވީ މ. މޭގަ ޙަސަން ނާޝިދު ކަމަށެވެ.
ނާޝިދަކީ ހޮރިޒޯން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ސްކޫލުގެ ޕްރިންސިޕަލެއްގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ނާޝިދު ވަނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި އެޓޭޗް ކޮންސިއުލަރ އެފެއާޒްގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕްރޮޓޮކޯލް އޮފިސަރެއްގެ މަޤާމުވެސް ފުރުއްވާފަ އެވެ.
ނާޝިދަކީ ސްކޮޓްލޭންޑްގެ އެޑިންބަރގްގެ މޮރޭ ހައުސް ކޮލެޖް އޮފް އެޑިއުކޭޝަން އިން ބެޗްލަރ އޮފް އެޑިއުކޭޝަން އިން އިންގްލިޝް ލެންގުއޭޖް ހާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އޭނާ ގެންދަވަނީ ޔުނިވަރސިޓީ އޮފް ކޭޕް ޓައުންއިން ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމް ކިޔަވާވިދާޅުވަމުންނެވެ.