ޖަލުތަކުގައި ކޮވިޑު ފެތުރުން ހުއްޓުވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖަލުތަކުގައި ކޮވިޑު ފެތުރުން ހުއްޓުވިފައިވާ ކަމަށާއި ހުރިހާ ޖަލެއްވެސް ވަނީ އާންމު ހާލަތަކަށް ގެނެވިފައި ކަމަށެވެ.
އަދި ޖަލަށް ޒިޔާރަތްކޮށްގެން އާއިލީ ބައްދަލުވުމާއި، ވަކީލު ބައްދަލުވުން ހަމަޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން ކަމަށާއި މިހަފްތާގެ ތެރޭގައި އެކަމަށް ހާއްސަ އުސޫލެއް އާންމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު، އީދު ބަންދަށް ޖަލަށް ޒިޔާރަތްކޮށް އާއިލީ ގުޅުންތައް ބަދަހިކުރުމަށް ވަނީ އެދިފައެވެ.
+1
+1
+1
+1
+1
+1