ހަ ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން އާންމުންގެ އެހީއަށް އެދެފިއެވެ.
އިމިގްރޭޝަނުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހޯދަމުންދާ ހަ ބިދޭސީންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
މިގޮތުން އިމިގްރޭޝަނުން ހޯދަމުންދަނީ ބާބުލް މިއާ (41 އ) އާއި، އަބްދުލް ކާދިރު ނިލޯއީ (28 އ) އާއި އެމްޑީ އިބްރާހީމް (25 އ) އާއި ޝޮހެލް މިއާ (32 އ) އާއި ރަނާ މިއާ (26 އ) އަދި އެމްޑީ މިރާޒް (30 އ) އެވެ.
މި މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ، އިމިގްރޭޝަންގެ ނަންބަރު 7980408 އަށް ފޯނުން ގުޅައި ނުވަތަ [email protected] އަށް އީމެއިލްކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
+1
+1
+1
+1
+1
+1








