ވާދޫ ގްރީން ފާމް އިފްތިތާޙްކޮށްފި
"ވާދޫ ގްރީން ފާމް" އިފްތިތާޙް ކޮށްފިއެވެ. ފާމް އިފްތިތާހްކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު، ޑރ. މަރިޔަމް މަރިޔާ،އެވެ. މި މަޝްރޫޢަކީ ޔޫ.އެން.ޑީ.ޕީ އާއި، މިވުޒާރާއާއި، އަދި ވާދޫ އެސޯސިއޭޝަން ފޮރ ފިއުޗަރ ޑިވެލޮޕްމެންޓް (ވީ.އޭ.އެފް.ޑީ) ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ ދިވެހިރާއްޖޭގައި ރަށްފުށުގެ މުޖުތަމަޢުތައް އިސްކޮށްގެން ކުރިއަށްގެންދާ މޫސުމަށް އެކުވެރި ދަނޑުވެރިކަމާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި ލިބުނު މުހިންމު ކުރިއެރުމެކެވެ. ވާދޫ ގްރީން ފާމް އިން ތަޢާރަފްކުރަނީ ސީދާ އިއާދަކުރަނިވި ހަކަތައިން ހިންގާ ވިޔަފާރީގެ ބޮޑުމިނުގައި…





