ފެމިލީ ކޯޓުގެ ގާޟީ އަލްއުސްތާޒް އަބްދުﷲ މުހައްމަދު އާއި ބެހޭގޮތުން ތަހުގީގުކުރި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ ށ ގެ ދަށުން ކޮމިޝަނުން ބެލި ޝަކުވާ އާއި ގުޅިގެން ފެބްރުއަރީ 24 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސްދީފައިވާ ފެމިލީ ކޯޓުގެ ގާޟީ އަލްއުސްތާޒް އަބްދުﷲ މުހައްމަދު ގެ ސުލޫކީ މައްސަލަ ތަހުގީގު ކުރެވި އެމައްސަލަ ސާބިތުނުވާ ކަމަށް ޖުލައި 7 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 53 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
+1
+1
+1
+1
+1
+1