އެމްޑީޕީއާއި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު މި ސަރުކާރަށް އޮތް ތާއީދު ގެންދިޔުމުން ސަރުކާރުގެ ސައްހަކަން ގެއްލިފައިވާކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
މިސަރުކާރުގެ އެންމެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްޓަރުގެ ގޮތުގައި ހުންނެވި މަލީހު މިފަދައިން ވިދާޅުވީ ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީއާއި ނަޝީދުގެ ފަރާތްޕުޅުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.
މަލީހު ވިދާޅުވީ މިސަރުކާރާއި ދެކޮޅުކަން ރައީސް ނަޝީދު އިއުލާން ކުރައްވާފައިވާ ކަމަށެވެ. އެމަނިކުފާނާ އެމްޑީޕީ ސަރުކާރާއި ދެެކޮޅުވީމައި ސަރުކާރުގެ ކްރެޑިބިލިޓީ ނުވަތަ ސައްހަކަން ގެއްލިފައިވާ ކަމަށާއި ރައްޔިތުންގެ ނިންމުމުގެ އަސާސްވެސް ގެއްލުނީކަމަށް މަލީހު ވިދާޅުވިއ ެވެ.
"އެހެންވީމަ ހައްލަކީ އަވަސް އިންތިހާބެއް. އިއްޔެ ކުޅުދުއްފުށިން އެ އިވުނީ އެ އަޑު"
- މުހައްމަދު މަލީހު ޖަމާލު
2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވީ ސިޔާސީ ގިނަ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނެއްގެ ތެރެއިންނެވެ. އެންމެ ބޮޑު ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތްއިރު ރައީސް ސޯލިހަށް ތާއީދުކުރައްވައި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމްވެސް ނިކުތެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީން ވަނީ މި ސަރުކާރުގެ ބައެއް ކަންކަމާއިމެދު ހިތްހަމަ ނުޖެހޭކަން ހާމަކޮށްފަ އެވެ. އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ތާއީދު ކުރަން އުނދަގޫވެވަޑައިގަންނަވާކަމަށް ވިދާޅުވެެފަ އެވެ.
އެމްޑީޕީންވެސް އަދި ރައީސް ނަޝީދުވެސް ސަރުކާރަށް ކުރާ ތާއީދު ރަސްމީކޮށް އަނބުރާ ގެންދަވާފައެއް ނުވެ އެވެ. އެހެންނަމަވެސް އެމްޑީޕީގެ އެތެރެ ވަރަށް ބޮޑަށް ދެބައިވެފައިވާއިރު ލީޑަޝިޕުން ތާއީދު ކުރަނީ ރައީސް ނަޝީދުގެ ވިސްނުންފުޅަށެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އިދިކޮޅު ޕީޕީއެމްއާއި އެޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަމަށް އެދުންކަމުގައިވެސް ވިދާޅުވެފަ އެވެ.
މަލީހު ބުންޏަސް މީ ތެދެއް. ރައީސެއް މި ގައުމުގަ އަސްލު ނެތް