ގްރޭޓާ މާލެ ގްރިޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
މުޅި މާލެއަށް ކަރަންޓު އަލުން ދެވިފައިވާ ކަމަށް އިއުލާންކޮށް ސްޓޭޓް އިލެކްޓްރީކް ކޮމްޕެނީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މަސައްކަތުގެ ޓެސްޓިން މަރުހަލާތައް ކުރިޔަށްދާއިރު އަދި ކުރިމަގުގައި މައްސަލައެއް ދިމާނުވެ، މި މަޝްރޫއު ވީއެންމެ އަވަހަކަށް ނިންމުމަކީ އެކުންފުނީގެ އަމާޒު ކަމަށެވެ.
އަދި މި މަސައްކަތް ކުރިޔަށްގެންދާނެ ދުވަސްތަކާއި، ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ފުރުސަތު އޮތްނަމަ، އެކަމެއް ގެންދާނީ މީޑިއާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގަމުން ކަމަށްވެސް ސްޓެލްކޯއިން ހާމަކުރެއެވެ.
އެކުންފުނިން ވަނީ ކަރަންޓް ކެންޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.