ބިދޭސީ އަންހެނަކު މާލޭގައި ހުންނަ ހުކުރު މިސްކިތަށް ވަދެ ޔޯގާ ހަދައިފި އެވެ.
ޔޯގާ އަކީ ހިންދޫ ދީނަށް ނިސްބަތްވާ މީހުން ކުރާ އަޅުކަމުގެ ހަރަކާތެކެވެ. ހުކުރު މިސްކިތުގައި އިން އަންހެން މީހާ ޔޯގާ ހަދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެއަންހެން މީހާ އިނީ އިންޑިއާ، ޕާކިސްތާނު މީހުން އަޅާ ޒާތުގެ ދޯޕައްޓާއެއް އަޅައިގެންނެވެ. އެމީހާ މިސްކިތަށް އަރައި މިސްކިތުގެ ހުރުމަތް ކަނޑާފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ އައުރަވެސް ރަނގަޅަށް ނިވާކޮށްފައެއް ނުވެ އެވެ.
މިމަައްސަލައިގައި ފުލުހުން ބުނީ އެކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެހެންނަމަވެސް މިސްކިތަަށް ދިޔައިރު އެ އަންހެން މީހާ ފެންނަން ނެތް ކަމަށެވެެ.
މިމައްސަލައިއި ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. މިފަހަކަށް އައިސް ރާއްޖޭގެ މިސްކިތްތަކުގެ ހުރުމަތް ކެނޑޭފަދަ ކަންކަން ކުރާ މީހުން ދަނީ އާންމުވަމުންނެވެ. ބައެއް ބިދޭސީން މިސްކިތްތަކަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ހިންގާއިރު، މަސްތުގެ ހާލަތުގައި ތިބި ދިވެހިން މާލޭ މިސްކިތްތަކުގައި ނިދާ މައްސަލަތަކެއްވެސް މިފަހުން ފެންމަތިިވި އެވެ.