ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތައް އަދާ ކުރަންޖެހޭ ޒިންމާ މިއަދު ބޮޑު: ހުތުބާ
ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އަދާ ކުރަންޖެހޭ ޒިންމާ މިއަދު ވަނީ ބޮޑު ވެފައިކަމަށް ހުތުބާ ގައި ބުނެފިއެވެ. މިއަދުގެ ހުތުބާގެ މައުޟޫއަކީ ހަބަރުފެތުރުމުގެ ޝަރުއީ ހަމަތަކެވެ. ހުތުބާގައި ބުނެފައި ވަނީ މުޖުތަމައުގެ ކޮންމެ ފަރުދަކުވެސް މުޖުތަމައުގެ މަސްލަހަތާއި އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދުގެ ދުނިޔެވަނީ ހުޅުވާލެވިފައި ކަމަށާއި ކިތަންމެ ދުރުގައި ހިނގާ ކަމެއްވެސް ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި މީސްތަކުންނާއި ހަމައަށް އަންނަ ކަމަށާއި ސޯޝަލް މީޑިއާ އާއި ހަބަރު ފަތުރާ ވަސީލަތްތައް…