ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮބައިކަން ބުނެދީގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޑޜ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަރުކަށި ފިކުރުގެ ނުބައި މަފްހޫމްތަކުގެ ހަގީގަތް ރަނގަޅަށް ކިޔާދީގެން. ހަރުކަށި ފިކުރުން ގައުމު ސަލާމަތްކުރުމަށްޓަކައި އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައި މަސައްކަތްކުރުން ވަރަށް މުހިންމު ކަމަށެވެ.
އަދި ހަރުކަށި ފިކުރަކީ ގާނޫނީ އުގޫބާތުން ނުވަތަ ވައުޒު އިރުޝާދުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއްނޫން ކަމަށާއި ދިގުދެމިގެންވާ ހައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
އަދި މިހުރިހާ ކަމެއްގައި ގައުމުގެ އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ބޭނުންވާ ނަމަ އެހީވާން ތައްޔާރަށް ހުންނެވި ކަމަށް ޑރ ޝަހީމްގެ ޓުވީޓުގައި ވިދާޅުވިއެވެ.