މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 141 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 22 މީހުންނެވެ. އަތޮޅު ތެރެއިން ވަނީ 98 މީހުން ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 20 މީހުންނެވެ.
މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 14 މީހުންނަށެވެ. ވޭތުވެދިޔަ ސައުވީސް ގަޑި އިރުގެ ތެރޭގައި ވަނީ 5152 ސާމްޕަލް ޓެސްޓްކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 77،094 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް މިބަލީގައި ވަނީ 220 މީހުން ނިޔާވެފައެވެ.
+1
+1
+1
+1
+1
+1