ވެކްސިންގެ ދެ ވަނަ ޑޯޒް މިއަދު ޖެހީ 3،331 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 1،127 މީހުންނާއި އަތޮޅު ތެރެއިން ދެ ވަނަ ޑޯޒް ޖެހި 2،204 މީހުންނެވެ. އިއްޔެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 946 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 854 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 92 މީޙުންނެވެ.
މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 268،244 މީހުންނެވެ.
މުޅި ރާއްޖެއިން ވެކްސިން ޖަހާފައިވަނީ 322،710 މީހުންނެވެ.
މިހާރު ވަނީ ރާއްޖޭގައި ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން ވެކްސިން ޖެހުމަށް ބޮޑު ކެމްޕެއިނެއް ފަށާފައެވެ.
+1
+1
+1
+1
+1
+1