މާލޭގެ އުތުރުފަރާތުން އަތޮޅުތަކަށް ދަތުރުކުރާ ފެރީ ލަފާ، ފުރާ ސަރަހައްދުގައި ޓެކްސީ ސްޓޮޕެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މިއަދު ފެށި މި މަސައްކަތަކީ، އެ ސަރަޙައްދަކީ ގިނަ ބަޔަކު ލަފާފުރާ ސަރަޙައްދަކަށް ވުމާއެކު އެތަނުގެ ތަރުތީބެއް ނެތުމުގެ ސަބަބުން ލަފާ ފުރާ ފަރާތްތަކާ އަދި ވެހިކަލް ދުއްވާ ފަރާތްތަކަށްވެސް ދަތިތަކާ ކުރިމަތިވުމުގެ އިތުރުން ނުރައްކާތެރި ހާދިސާއެއް ހިނގުމަށްވެސް މަގުފަހިވާނެކަމަށް ފެންނާތީ އެކަންކަން ހައްލުކޮށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ބޭނުމުގައި ފެށި މަސައްކަތެއް ކަމަށެވެ.
ޓެކްސީ މަދުކުރާނެ ޖާގަ ހަދަނީ މާލޭގެ އުތުރުފަރާތުން އިއްޒުއްދީން ފާލަމުގެ ހުޅަނގުން އެމް.އެމް.އޭ ކުރިމައްޗަށް ވާގޮތަށް އޮންނަ ސަރަޙައްދުގައެވެ. އެކި އަތޮޅު ތަކުން މާލެއަންނަ އަދި ރަށްރަށަށް ފުރާ ގިނަ ފަރާތްތައް ބޭނުންކުރަނީ މިތަނުގައި އޮން ތޮއްޓަށް ވާއިރު އެގޮތުން އެކިއެކި ބަންދުތަކާ ގުޅިގެން އެ ސަރަޙައްދަށް ބާރުބޮޑުވެ ތޮއްޖެހުން އިތުރުވެގެންދާތީ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.