ކުރީގެ ރައީސް ޔާމީންގެ އންސާފާ ގުޅިފައިވަނީ މުޅި ގައުމުގެ މަސްލަހަތާއި ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ އިންސާފު ނޫން އިންސާފެއް އިދިކޮޅަށް ނެތީބާ މިނަމުގައި ލިޔެފައިވާ ލިޔުމެއް ހިއްސާ ކުރައްވާ ކޮށްފައިވާ ޓުވީޓެއްގައި މެމްބަރު ހުސެއިން ލަތީފު ވިދާޅުވީ، ނިކަމެތި ރައްޔިތުންނަށްޓަކައި މިނިވަން އިގްތިސާދެއް ގާއިމުކޮށް ދެއްވާ ގައުމުގެ މުއްސަނދި ކަމުގެ ބޭނުން ހުރިހާ ގިންތިއަކަށް ޔަގީން ކޮށްދެެއްވި އިހުލާސްތެރި ވެރިއަކީ ރައީސް ޔާމީން ކަމަށެވެ.
ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މީގެ އިތުރުންވެސް ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ އިތުރު ދެ ދައުވާއެއްގެ އިބްތިދާއީ އަޑުއެހުންވެސް ވަނީ ދާއިދި ފަހުން ކުރިއަށް ގެންގޮސްފަ އެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތުގައި ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރ ކުރެއްވިކަމަށް ބުނެ ދައުލަތުން ކުރާ ދެ ދައުވާ އެވެ.
އިދިކޮޅުން ބުނަމުންދަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޝަރީއަށް އިންސާފުވެރި ނޫން ކަމަށެވެ.