13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދެ މީހަކަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
މިމައްސަލާގައި ދައުވާ ކުރަން ނިންމާފައިވަނީ އުމުރުން 27 އަހަރުގެ އިބްރާޙިމް ޒިހާން އާއި އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ. މި ކުއްޖާގެ މަރުގެ މައްސަލާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ ވިދާޅުވީ، މިމައްސަލާގައި މުހިންމު ދައުވާތައް ސާބިތު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ޝަމީމް ވިދާޅުވީ، ގިނަ ދައުވާތައް ސާބިތު ކުރުމަށް ހެކިތައް ލިބިފައިވާއިރު މިމައްސަލާގައި ޑީއެންއޭވެސް ދިމާވާ ކަމަށެވެ.
އެގޮތުން ޒިހާންގެ މައްޗަށް 13 ދައުވާއެއް ކުރަން ނިންމާފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ. ޒިހާންގެ މައްޗަށް ކުރާ ދައުވާ ތަކުގެ ތެރޭގައި ޖިންސީ ގޯނާގެ 5 ދައުވާއެއް ހިމެނެއެވެ.
ޒިހާންގެ މައްޗަށް މި 7 ދައުވާ ސާބިތުވެއްޖެނަަމަ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 100 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
13 އަހަރުގެ ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ ޖޫން 21 ވަނަ ދުވަހުގެ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ.