ބަރުލަމާނީ ޕެޓިޝަނުގެ މަގުސަދަކީ ގައުމީ މަޖިލީހަށް ވޯޓު ހޯދުން ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 30 އަހަރުގެ ވެރިކަމުގައި މަޖްލީހުގައި ވަޒީރުންނާ ކޯޓުތަކުގެ ގާޒީންނާ ކުންފުނިތަކުގެ ވެރިންވެސް ތިބެގެން، ކިޔެވުނީވެސް އެމީހުންގެ ދަރިންނަށް ކަމަށާއި މާލެއިން ގޯތި ލިބުނީވެސް އެމެމްބަރުންނަށް އަދި ސިންގަޕޫރުން ބޭސްކުރީވެސް އެމެމްބަރުން ކަމަށެވެ. އަދި ރައްޔިތުން ޖެހީ ސަލާން ކަމަށާއި އަނެއްކާވެސް ބަރުލަމާނީއޭ ކިޔާފައި އެނޒާމަށްދާންވީތޯ މޫސަ ވަނީ ސުވާލު އުފައްދަވާފައެވެ.
މޫސަ ވިދާޅުވީ، ބަރުލަމާނީއޭ ކިޔައގެން އޮޅުވާ ނުލާ އެމްޑީޕީގެ ގައުމީ މަޖްލީހުގެ މެމަބަރުން އިންތިޚާބުކުރާ ވޯޓުލާ މީހުންނަށް ވަކިމަންޒަރެ އްދައްކަން ކުރާ ކަމެއްކަމަށް ބުނީމަ މަންޒަރުސާފުވީ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާނަށް ތާއީދު ހޯދުމަށް ތައްޔާރު ކުރަމުންދާ ޕެޓިޝަނުގައި ސޮއި ނުކުރިޔަސް އާބާދީގެ ބޮޑުއަދަދެއްގެ ސޮއި އޭގައި އޮންނާނެ ކަމަށެވެ. ގާނޫނު އަސާސީގައި ކަން ކުރަންވީ ގޮތް އެބައޮތްކަމަށާއި މި ވަނީ ސުޕަމެޖޯރިޓީލިބިފައި ކަމަށް މޫސަ ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރު ތެރެއަށް އަތް ބާނަން ބޭނުމިއްޔާ ޕެޓިޝަން ނުހަދާ މަޖްލިސް ތެރެއިން ކަންކޮށް ނިންމުމަށާއި ގައުމީ މަޖްލީހުގެ ވޯޓު ވަކަރަށް ޖަހަން ޕާޓީ މެމްބަރުން ގުނބޯ ނުހެއްދުމަށް މޫސަ ވަނީ ގޮވާލާފައެވެ.