އިތުރު ކެޓަގަރީއަކަށް ފައިޒަރ ވެކްސިން ޖަހަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހުޅުވާލައިފިއެވެ.
އެގޮތުން ފައިޒަރ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއް ކަމުން މިފަހަރު ލިބިފައިވާ ވެކްސިން މައިގަނޑު ގޮތެއްގައި ޖަހާނީ އުމުރުން 12 އަހަރާއި 17 އހަަރާއި ދެމެދުގެ ކުދިންނަށް ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. ކުޑަކުދިންގެ އިތުރުން ވެކްސިން ޖަހާނީ މާބަނޑު މީހުންނާ ބަލި ހާލަތު ހުރިގޮތުން މި ފައިޒަރ ވެކްސިން ނޫން އެހެން ވެކްސިނެއް ނުޖެހޭ ފަރާތްތަކަށެވެ. ފައިޒަރ ވެކްސިން ޖެހުމަށް މިހާރު ނިންމާފައިވާ 5 ކެޓަގަރީއަކީ
12 އަހަރާއި 17 އަހަރުގެ ކުދިން، ދިފާއީ ނިޒާމު ދަށް މީހުން، މާބަނޑު މީހުން އަދި މިހާތަނަށް ކޮވިޑް 19 ގެ އެއްވެސް ވެކްސިނެއް ނުޖަހާ ތިބި 60 އަހަރުން މަތީގެ މީހުން ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
މާލެ ސަރަހައްދުގައި މިއަދުން ފެށިގެން ފައިޒަރ ވެކްސިން ޖަހަން ހަމަޖެހިފައިވާ ތަންތަނަކީ މާލެ އާރޓް ގެލެރީގައި ހެނދުނު 9 އަކުން ފެށިގެން މެންދުރު 12 އަށް އަދި މެންދުރުފަހު 1 ކުން ހަވީރު 4 އަކަށެވެ. ހުޅުމާލެ ހޮސްޕިޓަލްގައި މެންދުރުފަހު 1 ކުން ހަވީރު 4 އަކަށެވެ. އަދި ވިލިމާލެ ޔޫތު ސެންޓަރުން މެންދުރުފަހު 1 ކުން ހަވީރު 4 އަކަށެވެ.
އެޗްޕީއޭއިން ބުނީ މި ކެޓަގަރީތަކުގެ މީހުންނަށް ބުކިން ހެއްދުމަށް ދަތިވާނަމަ ވެކްސިން ސެންޓަރު ތަކަށް ދިއުމުން ވެކްސިން ޖަހައިދޭނެ ކަމަށެވެ.