ބިން ވިއްކުމުގެ ހުއްދަ ކައުންސިލްތަކަށްދޭ ބިލްގެ ބަހުސް މިއަދު ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އެވެ. މިއީ ދިވެހި ރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ބިލެކެވެ.
މި ބިލަކީ ދައުލަތުގެ ބާއެއް ބާރުތައް ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދޫކުރުމަށް ސަރުކާރުން ގާނޫނުތަކަށް ގެންނަ އިސްލާހު ތަކުގެ ތެރެއިން ހުށަހަޅާފައިވާ އިސްލާހެކެވެ.
ގާނޫނުއަސާސީ އާއި ބިމާބެހޭ ގާނޫނާ ހިލާފު ނުވާ ގޮތުގެ މަތިން ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވޭނެ ގޮތަށް ކައުންސިލްތަކަށް ބާރު ދިނުމަށް ބިމާބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ނ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ބުނެފައެވެ. އެހެންނަމަވެސް ކައުންސިލްތަކުން ބިން ވިއްކުމުގައި ގަވައިދާ ގާނޫނާއި އެއްގޮތަށް އަމަލު ކުރުމަށް މިބިލްގައި ބަޔާންކޮށްފައިވެއެވެ. ސަރުކާރުގެ ފަރާތުން ވަނީ ދިވެހިރާއްޖޭގެ ފަޅު ރަށްރަށާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށްވެސް އިސްލާހު ހުށަހަޅުއްވާފައެވެ.
މި ގާނޫނުގައި ވާގޮތުން ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރައްތައް ވަރުވާއަށް ދިނުމާއި ވަކި ކުރުމާއި މިކަން ކަމަށާއި ގުޅޭގޮތުން ހިންގަންޖެހޭ މަސައްކަތް ހިންގުމުގެ އިހުތިޔާރާ ބާރު ވަނީ ކައުންސިލްތަކަށް ލިބިދޭގޮތަށް ވަނީ ކަނޑައަޅާފައެވެ.