ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ހުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް މިއަދު ހެނދުނު ބޭއްވި މި ކޮމިޝަންގެ ކުއްލި ޖަލްސާއެއްގައި ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށް ޖޭއެސްސީން ހާމަކުރެއެވެ. މި ގޮތުން އެ މައްސަލާގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާކަމުގައި ވެސް ޖޭއެސްސީން ހާމަކުރެއެވެ.
ފަނޑިޔާރުން ކަމަށް ބުނާ ބައެއްގެ އޯޑިއޯތައް ލީކުވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ޗީފް އޮފް ސްޓާފް އާއި ވެސް ބައްދަލު ކުރައްވާފައެވެ.