ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް 100 ގޯތި ދޫކުރުމަށް ކޮޅުމަޑުލު ވިލުފުށީ ކައުންސިލް އިދާރާއިން އިއުލާންކޮށްފިއެވެ.
ވިލުފުށީ ކައުންސިލްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 100 ގޯތި ކަމަށާއި ވިލުފުށިން ގޯތި ދޫކުރުމުގެ އުސޫލުގައި ގޯތި ދޫކުރާ ސަރަހައްދާއި ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ހުންނަންޖެހޭ ޝަރުތުތަކާއި އަދި ގޯތި ދޫކުރުމުގައި ބަލާނެ މިންގަނޑުތަކާއި އަމަލުކުރެވޭނެ އެންމެހާ ކަންކަން ހިމެނިފައިވާނެ ކަމަށެވެ.
އެހެންކަމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން ގޯއްޗަށް އެދި ހުށަޙަޅާ ފޯމް 30 ސެޕްޓެމްބަރުވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށްވެސް އިއުލާނުގައިވެއެވެ.
+1
+1
+1
+1
+1
+1