ސީއެމްބިއުލާންސް ލިބެން ނެތް ހާލަތުގައި، ކަނޑުމަގުން އެމަރޖެންސީކޮށް، އދ އަތޮޅުގެ އެއް ރަށުން އަނެއް ރަށަށް ބަލިމީހުން ގެންދިއުމަށް އަމިއްލަ ފަރާތަކާއެކު އާސަންދައިން ސޮއިކޮށްފިއެވެ.
އާސަންދަ ކުންފުނިންގ މިހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ ސްޕީޑު ލޯންޗުގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެއްކަމަށްވާ އެޗްއެމްއެޗްއައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މިއެއްބަސްވުމުގެ ދަށުން އެމަޖެންސީ ހާލަތުގައި އާސަންދައިން ކަނޑައަޅާ ސްޕީޑް ލޯންޗެއްގެ ހިދުމަތް ބަލިމީހަށް ލިބިގެންދާނެ ކަމަށް އާސަންދައިން ހާމަކުރެއެވެ. އަދި އާށަންދައިން ހިދުމަތަށް އެދޭތާ ވަކިވަގުތެއްގެ ތެރޭގައި ދަތުރު ފެށިގެންދާނެ ކަމަށްވެސް އާސަންދައިން ހާމަކުރެއެވެ.
އދ އަތޮޅުގައި ފަށައިގަނެވުނު މި ޕްރޮޖެކްޓަކީ އަޖުމަބެލުމުގެ ގޮތުން ފެއްޓުނު ޕްރޮޖެކްޓަކަށްވާތީ މިކަމުގެ ސަބަބުން ހިދުމަތަށް އަންނަ ބަދަލުތައް އެ ކުންފުނިން ދިރާސާކޮށް މިކަމުގެ ސަބަބުން ހިދުމަތް އަވަސްވެ ހިދުމަތުގެ ފެންވަރު ރަނގަޅުވާ ކަމަށް ފާހަގަ ކުރެވިއްޖެނަމަ މި ޕްރޮޖެކްޓް އެހެން އަތޮޅުތަކަށްވެސް ފުޅާ ކުރުމަށް ކުންފުނިން ވަނީ ވިސްނާފައި ކަމަށް އާސަންދައިން ހާމަކުރެއެވެ.
އަޖުމަ ބެލުމަށްޓަކާ މިޕްރޮޖެކްޓް ފަށަނީ އދ.އަތޮޅުންނެވެ. އެހެންކަމުން ސ އަތޮޅުގެ ރަށެއްގައި ބަލި މީހަކު މާލެއަށާއި އެއްރަށުން އަނެއް ރަށަށް ގެންދިޔުމުގައި ސީއެމްބިއުލާންސް ހަމަނުޖެހޭ ޙާލަތްތަކުގައި އާސަންދަ މެދުވެރިކޮށް މިހިދުމަތް ލިބިގެންދާނެކަމަށް އާސަންދައިން ހާމަކުރެއެވެ.