މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި އިންތިހާބު ކުރާ މަގާމުތަކަށް ކުރިމަތިލުމަށް އެޕާޓީން ހުޅުވާލައިފިއެވެ.
އެމް.އާރް.އެމްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ ނޭޝަނަލް ކޮންވެންޝަން 2 އޮކްޓޯބަރު 2021ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ވަނީ ނިންމާފައި ކަމަށެވެ. އެގޮތުން އެޕާޓީގެ އިސްމަގާމުތަކާއި ކޮމިޓީތަކަށް އިންތިހާކުރުމަށް، ޕާޓީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ޕާޓީގެ މެމްބަރުންނަށް އެ ފުރުސަތު މިއަދުން ފެށިގެން 16 ސެޕްޓެމްބަރު ވަނަ ދުވަހުގެ 16:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
އެމްއާރުއެމް އިން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، ޕާޓީގެ ޒައީމް، ޕާޓީގެ ރައީސް، ޕާޓީގެ ނައިބު ރައީސް، އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން، ޒުވާނުންގެ ކައުންސިލްގެ ރައީސް، ޒުވާނުންގެ ކައުންސިލްގެ ނައިބު ރައީސް، ފަދަ މަގާމުތަކަށް ވަނީ ހުޅުވާލާފައެވެ.