ފިޔަވަތީގެ ފުރާޅަށް ނޭރޭ ގޮތަށް ހަދަން ޖެންޑަރ މިނިސްޓްރީއަށް އަންގަން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިިއެވެ.
މިގޮތަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން، ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ދިރިއުޅެމުންދާ ފިޔަވަތި މަރުކަޒުގައި ހިނގަމުންދާ ކަންކަމާއި ގުޅެގޮތުން މަޝްވަރާކުރުމަށްފަހުއެވެ. ހުކުރު ދުވަހުގެ ރޭ ވަނީ ފިޔަވަތީގައި އަލިފާން ރޯކޮށްލާފައެވެ. އަދި އެތަނުގެ ފުރާޅަށް ކުދިން އަރާ ތިބޭތަން މިފަހަކަށް ދަނީ ވަރަށް ގިނައިން ފެންނަމުންނެވެ.
މީގެ އިތުރުންވެސް މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފިޔަވަތީގެ ފުރާޅަށް ކުދިން އަރައިއުޅޭ އުޅުން ހުއްޓުވަން ޖެންޑާއަށް އަންގަންވަނީ ފާސްކޮށްފައެވެ. މިއަދުގެ ބައްދަލުވުމުގައި ވަނީ އެޗްއާރްސީއެމް އާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ކޮމިޓީއަށް ރިޕޯޓެއް ހުށަހަޅައިފައެވެ.
މީގެއިތުރުންވެސް ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ ފިޔަވަތީގައި ކުދިންތަކެއް ހަމަނުޖެހުން ހިންގިއިރު އެތަނުގެ އެތެރޭގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އުޅުއްވި މައްސަލަ އެލްޖީއޭއަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ މިއަދު ނިންމައިފައެވެ.