މުޅި ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 95 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި މައުލޫމާތުތައް ދައްކާގޮތުން މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 61 މީހުން ޕޮޒިޓިވްވި އެވެ. އަދި ރިޒޯޓުތަކުން 02 މީހުން ޕޮޒިޓިވްވި އެވެ. މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 32 މީހުންނެވެ.
މިހާރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ވަނީ 1،566 ކޭސް އެވެ. އޭގެ ތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެނީ 19 މީހުންނަށެވެ. ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދަށް ބަދަލެއް ނާދެ އެވެ. އެއީ 231 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ ޖުމުލަ 84،579 މީހުންނެވެ. މީގެ ތެރެއިން 82،769 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.