ޖިންސީ ގުނަވަން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ފިރިހެން މެމްބަރަކަށް ނުދައްކާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގި ދެބަސްވުމެއްގައި މެމްބަރު ނާޒިލް މެމްބަރު އަސްލަމަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވަނީ މި މައްސަލަ މަޖިލީހުގެ ސުލޫކު ކޮމިޓީއަށް ހުށަހަޅައިފައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިލް ވިދާޅުވީ، ނިމިގެންދިޔަ ހަފްތާގައި އޭނާ އަށް ތުހުމަތުކޮށް ގިނަ ވަހަކަތަކެއް ފެތުރު ނަމަވެސް އެއިން އެއްވެސް ވާހަކައަކީ ހަގީގަތެއް އޮތް ވާހާކަތަކެއް ނޫން ކަމަށެވެ. އެގޮތުން ނާޒިލް ވިދާޅުވީ މެމްބަރު އަސްލަމް އަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ދެކެވޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އެކަމުގެ ޔަގީން ކަން ދިވެހި ރައްޔިތުންނަށާއި ހާއްސަކޮށް ނާޒިލް ތަމްސީލް ކުރައްވާ ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ނާޒިލްގެ މިވާހަކަތަކަށް އަދި މިހާތަނަށް މެމްބަރު އަސްލަމް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.