މާދަމާއިން ފެށިގެން މިމަހުގެ 16ގެ ނިޔަލަށް އާއްމު ވައިގަދަވުމާއެކު ކަނޑުތައްގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓޮލޮޖިކަލް ސާރވިސް މެޓް އޮފީހުން ހާމަކޮށްފިއެވެ.
މެޓުން ބުނީ ރާއްޖެ އުފެދޭ ސަރަހައްދުގައި އުފެދިަފއިވާ ލޯ ޕްރެޝަރ ޓްރަފަކާއި ގުޅިގެން ހާއްސަކޮށް މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކުގައި މިމަހުގެ 12 އިން ފެށިގެން 16 ގެ ނިޔަލަށް އާއްމު ވައިގަދަވުމާއެކު ކަނޑުތައްގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން ހާއްސަކޮށް މެދުރާއްޖެ ތެރެއާއި އުތުރުގެ ސަރަހައްދުގައި މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
+1
+1
+1
+1
+1
+1