ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޮޓެލް ޖެންގައި ހުންނަވާތީ ކުރީގެ މިނިސްޓަރު މަލީހު ފާޑު ވިދާޅުވެއްޖެއެވެ.
މެއި ހައެއްގައި ނަޝީދަށް ދިން ހަމަލާ އަށް ފަހު ފަސް މަސް ފާއިތުވެގެން ދިޔައިރު ނަޝީދު ރާއްޖެ ވަޑައިނުގަތް ހުންނެވީ ރާއްޖެ އަކީ ރައްކާތެރި ތަނެއް ނޫން ކަމަށް ވިދާޅުވެއެވެ. މިކަމަށް އިޝާރާތް ކުރައްވާ މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ،
ޖެން ހޮޓަލަށް ފައިސާ ދައްކާ މީހާ އެކުރަނީ ގާނޫނީ ކުށެއް ކަމަށެވެ. އަދި މިކަމަށް ދައުވާ ކުރެވިދާނެ ކަމަށާއި އެގޮތުން ދައުލަތައް ފައިދާވާން އޮންނަ ކަމެއްގައި އެހެންގޮތަކަށް އަމަލުކުރުން މަލީހު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެހެންމީހަކަށް ފައިދާވާފަދަ އަމަލެއް ކުރުމާއެކު މަގާމުގެ ނަހަމަ ބޭނުންކުރުން ވެސް މިއީ މިކަމުގައި ދައުވާ ކުރެވޭނެ ނުކުތާއެއް ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހު ވަނީ މާލެ ސެކިއޯ ނޫން ނަމަ އާރަށުގައި ނުބެހެއްޓީ ކީއްވެ ކަމާމެދު ސުވާޅު ކުރައްވާފައެވެ. ނަޝީދު ވިދާޅުވެފައިވަނީ ހޮޓެލް ޖެންގައި މިވަގުތު ހުންނެވީ އެމަނިކުފާނަށް ސަރުކާރުން ހަދަމުންގެންދާ ގެކޮޅުގެ މަސައްކަތް ނުނިމޭތީ ކަމަށެވެ. އަދި އަމިއްލަ ގެކޮޅުގައި ހުންނެވުމުގެ ހުއްދަ ސަލާމަތީ ބާރު ތަކުން ދީފައިނުވާތީ ކަމަށެވެ.