މާލެ ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނެގުމަށް ނިންމައިފިއެވެ.
މޭޔަރު ޑރ މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބުދަ ދުވަހު ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނެގުމަށާއި މިހާރު މަސައްކަތްކުރާ ބިދޭސީން މަދުކޮށް އެވަޒީފާތަކަށް ދިވެހިން ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މިގޮތުން މާލެ ސިޓީ ކައުންސިލްގެ އެކި ވަޒީފާތަކަށް މީހުން ނަގާއިރު ދިވެހި ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށްވެސް ސިޓީ ކައުންސިލްގެ އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. މިހާރުވެސް މާލެ ސިޓީގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ބިދޭސީން އުޅެއެވެ. އެގޮތުން މަގުތަކުގައި ކުރާ މަސައްކަތުގައި ހާއްސަ ގޮތެއްގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވެއެވެ.
+1
+1
+1
+1
+1
+1