މާލެ ސަރަހައްދުގައި ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ޓެސްޓްތައް ކަރަންޓް ކަނޑާނުލައި ނިންމާލައިފިއެވެ.
މިއީ މާލެ އަދި ހުޅުމާލެ އަށް ސްޓެލްކޯއިން ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރިއަށް ގެންދިޔަ ހާއްސަ ޓެސްޓުތަކެކެވެ. ރޭގެ ވަގުތެއްގައި ސްޓެލްކޯއިން ބުނެފައިވަނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރަމުންދާތީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ އާއި ހުޅުމާލެ އިން ކަރަންޓް ކެނޑިދާނެ ކަމަށެވެ.
އެހެންނަމަވެސް މިއަދު އެމަސައްކަތް ސްޓެލްކޯއިން ކޮށް ނިންމާލި އިރުވެސް މާލެ އަދި ހުޅުމާލެ އިންވެސް ކަރަންޓް ކެނޑިފައެއް ނުވެއެވެ.
ސްޓެލްކޯއިން ހާއްސަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް ނިމުނު ހަފްތާގެ ބުދަ ދުވަހު ވަނީ މާލޭގެ ބޮޑު ބަޔަކުން އަދި ހުޅުމާލޭގެ ބައެއް ހިސާބުތަކުންވެސް ކަރަންޓް ކެނޑިފައެވެ.
+1
+1
+1
+1
+1
+1