އދ ދަނގެތީގައި މަރާލާފައި އޮތްވާ ފެނުނު މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މަހުމޫދުގެ މަރުގެ މައްސަލާގައި ބިދޭސީ އަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މަރުގެ ތަހުގީގުގައި ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރަމުންދާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.
ދަނގެތީގައި މަހުމޫދު މަރާލި މައްސަލާގައި ފުލުހުން މިއަދު ވަނީ އެރަށުގެ ގެއެއް ބަލާ ފާސްކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ގޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހެކެވެ. މަހުމޫދު އަބޫބަކުރު މަރާލުމަށްފަހު ގޯންޏަކަށްލާފައި އޮތްވާ ފެނިފައިވަނީ އޭނާ ނުފެނިގެން ހޯދަމުން ދަނިކޮށެވެ.
+1
+1
+1
+1
+1
+1