މިހާރު ކަނޑުތައް ގަދަވާ ވަގުތުގައި ރާޅުގެ އުސްމިން 6 ފޫޓާއި 8 ފޫޓަށް އުފުލޭނެ ކަމަށް މެޓްއޮފީހުން ބުނެފިއެވެ.
މެޓު އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށެވެ. އަދި ވައި ހުޅަނގު ދެކުނާއި ހުޅަނގުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 18 މޭލާ 28 މޭލާ ދެމެދުގެ ބާރުމިނުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ އަދި ބައެއް ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
+1
+1
+1
+1
+1
+1