ޑީއެންއޭއަކުން ޒިނޭގެ މައްސަލަ ސާބިތު ނުކުރެވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް ކުރެއވްި ޓުވީޓެއްގައި ވިދާޅުވީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ޑީއެންއޭ ގަރީނާއަށް ބެލުމުގައި މައްސަލައެއް ނެތް ކަމަށެވެ. އަދި ޑީއެންއޭ އަކީ ހައްދާއި ގިސާސްގެ މައްސަލަތައް ފިޔަވައި، އެހެނިހެން ޖިނާއީ ކަންކަން ސާބިތުކުރުމުގެ ވަސީލަތެއް ކަމަށާއި ނަސަބުގެ މައްސަލަތަކުގައި އިސްކުރަންޖެހޭނީ ނުސޫސުތަކާއި ޝަރުއީ ގަވާއިދުތައް ކަމަށް ޝަޙީމް ވިދާޅުވިއެވެ.
ޑީއެންއޭއިން ޒިނޭ ސާބިތުކޮށް އަދަބު ދިނީ ދުނިޔޭގެ ކޮން އިސްލާމީ ގައުމެއްގައިތޯ ޝަހީމް ވަނީ އުވާލު އުފައްދަވާފައެވެ. އޯއަސީ އިންޓަރނޭޝަނަލް ފިގުހު އެކަޑަމީ އާއި ސައުދީ އިސްލާމީ ދަންނަ ބޭކަލުންގެ އެންމެ މަތީ މަޖިލީހާއި މިސްރުގެ ދާރުލް އިފްތާގެ ރައުޔުގައި ވާގޮތުން ވެސް ޑީއެންއޭއަކުން ޒިނޭގެ މައްސަލަ ސާބިތު ނުކުރެވޭނެ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.
މިގޮތަށް ޝަހީމް ޓުވީޓް ކުރެއްވީ މިދިޔަ އަހަރު ހައި ކޯޓުން ކުރި ހުުކުމެއްގައި އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ހެކި ލިބެން ނެތް ނަމަ، ގަރީނާތަކަށް ރިއާޔަތް ކޮށްގެން ޒިނޭގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ބުނެފައިވަނީކޮށް މި މައްސަލާގައި ސުޕްރީމް ކޯޓުން އިއްޔެ ޑީއެންއޭ ފަދަ ގަރީނާތަކުން ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށް ކުރި ހުކުމާއި ގުޅިގެންނެވެ.