އަނެއްކާވެސް ނައިޓް މާރކެޓް ފެށުމަށްޓަކައި ބާއްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް ބޭނުންވާ ހުއްދައަށް އެދި ފޯމު ހުށައެޅުމަށް ހުޅުވާލައިފިއެވެ.
މާޅެ ސިޓީ ކައުންސިލުން ބުނީ މިހާރު ނިންމާފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ހުއްދަ ދޫކުރުމަށް ކަމަށެވެ. އެހެންކަމުން މާލެ ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައިވާ ގޮތުން ނައިޓް މާރކެޓް ބޭއްވުމަށް އެދި ފޯމު ހުށައަޅާ ފަރާތްތަކުން ފޯމު އާއެކު ވިޔަފާރީގެ ރަޖިސްޓްރީ އާއި ނައިޓް މާކެޓް ބާއްވަން ބޭނުންވާ މުއްދަތުގެ އިތުރުން ފެށޭ އަދި ނިމޭނެ ތާރީހު ހިމަނަން ޖެހޭއިރު މާކެޓް ބާއްވަން ބޭނުންވާ ތަނުގެ މައުލޫމާތު އެނގޭ ލިޔުންތަކާއި މާކެޓް ހިންގުމުގައި ޒިންމާވާ ފަރާތުގެ މައުލޫމާތު ހިމަނަން ޖެހެއެވެ.
ދިވެހިން ކިޔާ ގޮތުންނަމަ މަގުމަތީ ބާޒާރަކީ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ހާއްސަ ބާޒާރެކެވެ. ހުރިހާ ބާވަތެއްގެ މުދާ އެއްތާކުން ލިބޭ މި ބާޒާރާކީ ގިނަ ބަޔަކު ރޯދައަށް ތައްޔާރުވުމަށް ޒަމާނުއްސުރެ ވިޔަފާރި ކުރާ ބާޒާރަކަށް ވަނީ ވެފައެވެ.