ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓު އޮފީހުން މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ ހަވީރު ހަތަރަކުން މިރޭގެ ހަތެއް ޖެހުމާ ހަމައަށެވެ. އެގޮތުން މިވަގުތުގައި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުންވެސް ހއ އަތޮޅުން ފެށިގެން ދ އަތޮޅަށް ނެރެފައިވާ ހުދު ސަމާލު ވަނީ މިރޭގެ ހަތެއް ޖެހުމާ ހަމައަށް އިތުރުކޮށްފައެވެ. މިވަގުތުތަކުގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކޮށްފައެވެ.
+1
+1
+1
+1
+1
+1