މިއަދު ފަތިހު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ވިހެއުމުގެ ތެރޭގައި ކުއްޖާ ނިޔާވީ ކޮނޑު ތާށިވެ ދިމާވި ކޮމްޕްލިކޭޝަންގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގަިއ ބުނެފައިވަނީ ޝޯލްޑަރ ޑިސްޓޯޝިއާ އަކީ މަދުން ނަމަވެސް ދިމާވުމުން، އޭގެ ސަބަބުން މައިމީހާއާއި ކުއްޖާއަށް ނުރައްކާވާ ހާލަތެއް ކަމަށެވެ. މިހާދިސާގައި ކުއްޖާ ވިއްސުމަށް ފަހު ތުއްތު ދަރިފުޅު ރިސަސިޓޭޓް ކުރެވިފައިވާ ކަމަށާއި ނަމަވެސް ކުއްޖާ ގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައި ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.
އަދި މިފަދަ ކޮންމެ ހާދިސާއަކާ ގުޅިގެންވެސް ހޮސްޕިޓަލުން އެހާ ދިސާއެއް ބަލައި އެއާއި ގުޅިގެން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމެއް ވާނަމަ އެކަން ފާހަގަކޮށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.