މާލޭ ގެއެއްގެ ތެރެއިން މަރުވެ ގިނަ ދުވަސްވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން އިދާރާއިން ބުނީ ކުނިވަސް ދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަދު 3:42 އެހާއިރު މައްޗަންގޯޅީގައި ހުރި ފަޅުގެއެއްގެ ތެރެއިން މަރުވެފައިވާ ފިރިހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
ފުލުހުން މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އިރު ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މަރުވެފަިއވާ މީހާގެ ހަށިގަނޑު ފެނިފައިވަނީ ގަލޮޅު އާފަލު ގޭގެ ތެރެއިންނެވެ. ނަމަވެސް މިއީ ދިވެހި ފިރިހެނެއް ކަމެއް އަދި ބިދޭސީ އެއް ކަމެއް ވެސް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
+1
+1
+1
+1
+1
+1