ވެފައިވާ ގެއްލުންތައް ބެލުމަށް އަރަބިއްޔާ އިމާރާތުގެ ސްޓްރަކްޗާ އެސެސްމެންޓެއް ދަނީ ހަދަމުން ކަމަށާއި މިހާތަނެއް އެއްވެސް ކަމެއް ފާހަގަވެފައި ނުވާ ކަމަށް މިނިސްޓަރ އޮފް އެޑިއުކެޝަން އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ، އަރަބިއްޔާ ސުކޫލްގެ އިމާރާތުގެ ސްޓްރަކްޗާ އެސެސްމެންޓު މިހާތަނަށް ދައްކާ ގޮތުން، އެސުކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އަދި ގެއްލުމެއް ނެތް ކަމަށް އެސެސްމެންޓް ހަދާ ފަރާތުން ބުނެފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ 2013 ވަނަ އަހަރު އެ އިމާރާތް ހުޅުވި ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން އެ އިމާރާތުގެ އެކި ތަންތަނުގައި ބޮޑެތި ރެނދުތައްލާފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އެކަމާގުޅިގެން ޕްލޭނިން މިިނިސްޓްރީ އާއި އިންޖިނިއަރުންގެ ޓީމެއް ގުޅިގެން އެ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަންއެއް ހަދާ އެ ރިޕޯޓު އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެ އިމާރާތަށް ލިބިފއިވާ ގެއްލުންތައް މި އިންސްޕެކްޝަންގެ ސަބަބުން ފުރިހަމައަށް އަންދާޒާ ކުރަން ނޭނގުމުން އެކަަމަށް ޓަކައި އެތަނުގެ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދަން ލަފާދީފައިވާތީ އިމާރާތުގެ ސްޓްރަކްޗަރަލް އެސެސްމަންޓެއް މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަރަބިއްޔާ އިމާރާތުގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑެތި ރެނދުތައްލާފައި ހުރި ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދާދި ފަހުން އާއްމުވެފައެވެ. މިކަމާ އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.