ސިޔާސަތަށް އައި ބަދަލެއްގެ ސަބަބުން 21 މުވައްޒަފުން މަގުމަތިވުމަކީ ހިތާމަ ހުރިކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވަކިކުރި މުވައްޒަފުންނަކީ ވިލިމާލެ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފައިވާއިރު މާލެ ސިޓީގެ މޭޔަރު ވަނީ މިއަދު މި މުވައްޒަފުންނާއި ބައްދަލު ކުރައްވައިފައެވެ. އެގޮތުން ބުނެފައިވަނީ ސިޔާސަތަށް އައި ބަދަލެއްގެ ސަބަބުން ވިލިމާލޭގައި މަސައްކަތް ކުރާ ޖެންޑަރ މިނިސްޓްރީގެ 21 މުވައްޒަފަަކު މަގުމަތިވާނެ ގޮތަށް ކަންތައް ކޮށްފައިވީ ކަމީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި އެ މުވައްޒަފުން މަގުމަތިވިޔަ ނުދެއްވާ އެހެން އޮފީސްތަކަށް ބަދަލު ކޮށްދެއްވުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ދެކެން ކަމަށް ވިދާޅުވެފައިވެއެވެ.
ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީގެ 21 މުވައްޒަފަކު ދޫކޮށްލާފައިވަނީ ސިވިލް ސާވީސްގެ އޮނިގަނޑުގެ ތެރެއިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށެވެ.
ސަރުކާރުން ދަނީ މިހާރުވެސް ސިޔާސީ ގިނަ މަގާމުތަކަކަށް މީހުން އައްޔަން ކުރަމުންނެވެ. އެގޮތުން މިހަފުތާގައިވެސް ވަނީ ދެމަގާމަކަށް މީހުން އައްޔަން ކޮށްފައެވެ.