ދިވެހި ރާއްޖެއަކީ އިންޑިއާގެ އަވަށެއްނޫން ކަމަށާއި އިންޑިއާގެ އަސްކަރިއްޔާއިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މަރުހަބާ ރައީސް ޔާމީންގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ފަސް އަހަރު ދުވަހު ވެރިކަން ކޮށްފައިވާ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން މިހާރުން މިހާރަށް އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ގޮވާލާ ކަމަށެވެ.
އަދި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބީ ގާނޫނާއި ހިލާފަށް ކަމަށާއި މި ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބެންޖެހޭ އެއްވެސް ސަބަބެއް ފެންނަން ނެތް ކަމަށެވެ. އިންޑިއާ ސަރުކާރަށް ފާޑުވިދާޅުވެ ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަކީ އިންޑިއާގެ ގަވަރުނަރެއް ނޫން ކަމަށާއި އިންޑިއާ ސިފައިންގެ ހަމައެންމެ މީހަކުވެސް ރާއްޖޭގައި ހުންނަން ނުޖެހޭނެ ކަމަށެވެ.
ޔާމީން ވިދާޅުވީ، ކޮންމެ ވެރިއަކުންވެސް ކުރަން ޖެހޭނީ މުސްތަގިއްލު ވެރިކަމެއް ކަމަށާއި އެހެން ނޫންނަމަ ވެރިކަން ދޫކޮށް ފައިބައިގެން ދާންވީ ކަމަށެވެ. ޔާމީންގެ ވާހަކަފުޅުގައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ޝަމާލް އަކީ ޔާމީން އަށް ބޮޑު ކިޔާ ކުއްޖެއް ކަމުން ބޭބެ އެއްގެ ހައިސިއްޔަތުން ކޮށްކޮ އަކަށް ދޭ ނަސޭހަތަކީ