ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 257 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ ރޭ މެންދަމު ތިނެއް ޖެހި އިރު ނިޔާވެފައިވަނީ 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިމީހާއަކީ އައްޑޫ ކޮވިޑް ފެސިލިޓީގައި މިބައްޔަށް ފަރުވާ ދެމުންދިޔަ މީހެކެވެ. މީގެ އިތުރުން އިއްޔެ ވެސް ވަނީ ކޮވިޑަށް ފަރުވާ ދެނިކޮށް މީހަކު ނިޔާވެފައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްފައިވާ އޮތްވާ ނިޔާވީ 82 އަހަރުގެ ފިރިހެނެކެވެ.
ކޮވިޑް ޖެހިގެން މިވަގުތު ރާއްޖޭގައި ފަރުވާ ހޯދަމުންދަނީ 1801 މީހުންނެވެ. މީގެތެރެއިން 16 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. ރާއްޖޭގައި މިވަގުތު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 92،846 އަރާފައެވެ.
+1
+1
+1
+1
+1
+1