އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ހިންގާ އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ހަތަރުވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓް ހޮވައިފިއެވެ.
މި ގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ:
1. ނ. ހެނބަދޫ ގައި ބާބެކިއު ބާއްވާ ސަރަހައްދެއް ގާއިމުކުރުން - ހާމިދު ރަޝީދު
2. ކ. މާފުށީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން - ނިއު ސްޓާރ ސްޕޯރޓްސް ކުލަބު
3. ފ. ފީއަލީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން - ފަތުޙުﷲ ޝާޠިރު
4. ތ. ބުރުނީގެ ރާގޮނޑި ބީޗް ތަރައްގީކުރުން - ބުރުނީ ޔޫތް ސްޕޯރޓްސް ކުލަބު
5. ގދ. ތިނަދޫގައި އިސްރަށްވެހިންނަށް ޚާއްސަ ޕާކެއް ގާއިމުކުރުން - އަމީޒާ އަފީފު
ބީއެމްއެލް އިން ބުނީ އަމާޒަކީ މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަންފޯރުކޮށްދިނުން ކަމަށާއި މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލް ތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނުކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ. އަދި މިއިން ދައްކުވައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު ކަމަށާއި މި ކުއާޓަރގެ ކޮމިއުނިޓީ ފަންޑު ކާމިޔާބުކުރި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާ ކިޔާ އަދި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްފާހަގަކޮށް އެފަރާތްތަކަށް ބީއެމްއެލްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މިފަންޑުގެ ދަށުން މިހާތަނަށް މިވަނީ މުޖުތަމައަށް ފައިދާކުރާ 60 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.