އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީގެ މެންބަރުން ޖަވާބުދާރީވުމަށް 5 ދުވަސް ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
މިއީ އެ ކޮމިޝަންގެ މެންބަރުން މަގާމުން ވަކި ކުރުމުގެ ކުރުމުގެ ލިޔުމުން ޖަވާބުދާރީވުމަށް ދިން މުއްދަތެކެވެ. ވެރިކަންކުރާ އެމްޑީޕީގެ ޕީޖީ ގުރޫޕުން އެދިގެން މިއަދު ވަނީ ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ހުރިހާ މެމްބަރުން ވަކިކުރަން ނިންމައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން ދިރާސާކުރަން އެ ކޮމިޓީއަށް ފޮނުވައިވާފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރުން ބަހުސްކުރެއްވީ ދެ ކަމަކަށެވެ. އެއީ ޕަފޯމަންސް އޮޑިޓުން އޭސީސީގެ މެންބަރުންނަށް ޤާނޫނުގައި ބުނާ މިންވަރަށް އަދި ކޮމިޓީގައި އެކޮމިޝަނުގެ މެންބަރުން އެއްބަސްވެފައިވާ މިންވަރަށް ޕަފޯމަންސް ދެއްކިފައި ނުވާތީ އިތުރު ފުރުޞަތެއް ނުދީ މެންބަރުކަމުން ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް އެނިންމުން ފޮނުވުމެވެ.
ނަމަވެސް ކޮމިޓީގެ ގިނަ މެންބަރުން ވިދާޅުވީ އޭސީސީގައި މިވަގުތު ތިއްބެވި މެންބަރުންނަށް ޖަވާބުދާރީވުމަށް ފުރުސަތެއް ދިނުމަށްފަހު ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.