އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަލީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަހުމަދު އަލީ މަގާމުން އިސްތިއުފާ ދީފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އޭނާ މަގާމުން ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
އަހްމަދު މަގާމުން އިސްތިއުފާ ދެއްވުމަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ގާނޫނާއި ގަވާއިދުގެ ބޭރުން އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް، މި ވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ ޕީއެސްގެ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ވާތީ އެ ނިންމުން ނިންމެވީ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އޭނާ ސައްޕެންޑް ކޮށްފައިވަނީ ޖެނުއަރީމަހުގެ 3 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި އަޙްމަދު އަލީ ސައްޕެންޑް ކޮށްފައިވަނީ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަތަކެއްގެ ސަބަބުންކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ޕާމަނަންޓް ސެކްރެޓަރީއަކީ އެ މިނިސްޓްރީއެއްގައި ހުންނަވާ ސިވިލް ސާވިސްގެ އެންމެ އިސް މުވައްޒަފެވެ.