އެމްޕީއެލް އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ފެބްރުއަރީ ހަތް ވަނަ ދުވަހުގެ ހަވީރު ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން މާރާމާރީ ހިންގި މަައްސަލަައިގައި 10 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލާގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދާކަމުގައެވެ. ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފަހު 10 މިނެޓުގެ ތެރޭގައި ކުޑަހެންވޭރާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހީމަށް ވަނީ ހަމަލާދީފަ އެވެ.
ރެފްރީ މުހައްމަދު ޖާވިޒް ރަތް ކާޑުގެ ބަދަލުގައި ރީނދޫ ކާޑު ދެއްކުމަށް ނިންމުމުން މައްސަލަ ހޫނުވި އެވެ. ރެފްރީގެ ނިންމުންތަކާ މެދު ކުޑަ ހެންވޭރުން މީގެ ކުރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ހަމަނުޖެހުންތައް ފެތުރެން ފެށުމާއެކު އަމާންކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އިތުރު ފުލުހުން ދަނޑުގައި ވަނީ ހަރަކާތްތެރިވެފައެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.