މަޖިލިސް އިންތިހާބުގައި ވޯޓުފޮށި ބަހައްޓަނީ މެލޭޝިއާ އާއި ލަންކާގައި އެކަނި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ މެލޭޝިއާ އާއި ސްރީލަންކާގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލިސް އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓު، ރާއްޖެ އިން ބޭރު އަދި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިން ހަމަނުވުމުގެ ސަބަބުން ބައެއް ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ…