އެޗްޑީސީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ މިނިސްޓަރު އަހުމަދު ޒުހޫރު ހަމަޖައްސައިފި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒުހޫރު މަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ.
ޒުހޫރު ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އާއި ޔޫތު މިނިސްޓަރު އަދި ހެލްތު މިނިސްޓަރު އަދި ހޯމް މިނިސްޓަރުކަން ކުރައްވާފައެވެ.
އަދި އޭނާވަނީ ރައީސް އޮފީހުގައި މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ރައީސްކަން ކުރައްވާފައެވެ.
+1
+1
+1
+1
+1
+1